02 May 2013, 14:19
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓް މާދަމާރޭ އެ ޕާޓީން ބާއްވާ ޖަލްސާގައި އިއުލާން ކުރާނެ ކަމަށް އެ ޕާޓީންބުނެފި އެވެ.
ޕީޕީއެމްގެ ތަރުޖަމާނު އަހްމަދު މަހްލޫފް މިއަދު ވިދާޅުވީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅުއްވި ބޭފުޅާ އަށް ކައުންސިލްގެ ހުރިހާ މެންބަރުން ތާއިދުކުރައްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓްގެ ނަން ޔާމީން ހުށަހެޅުއްވުމުން އެނަން ފާސްކުރުމަށް ކައުންސިލުން ހުރިހާ މެންބަރުންގެ ރުހުން ލިބިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލުން ވިސްނީ އެ ބޭފުޅަކީ ތައުލީމީ އަދި ޖިނާއި ކުށެއް ނުކުރާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ މަގާމަށް ގާބިލް ބޭފުޅަކު އައްޔަން ކުރުމަށް ކަމަށެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ފަސް ބޭފުޅަކު ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އިރު އަދި އޭގެ ތެރެއިން އެއްވެސް ބޭފުޅަކު އަދި އެ ބޭފުޅުންގެ ރަނިންމޭޓު އިއުލާނެއް ނުކުރައްވަ އެވެ.