02 May 2013, 10:40
ހދ. އަތޮޅުގެ ބައެއް ރަށް ރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ހަނިމާދޫ ހައުސިންގް ޔުނިޓްތައް ހަވާލުކުރެއްވުމާއި ވައިކަރަދޫ ބަނދަރު ހެދުމުގެ މަސައްކަތް ފައްޓަވައި ދެއްވާނެ ކަމަށެވެ. އަދި ނޮޅިވަރަންފަރުގެ ހައުސިންގް ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވުމަށް ވެސް މިދަތުރުފުޅުގައި ހަމަޖެހިފަ އެވެ.