މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް އެމްޑީޕީން މިއަދު މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާ އުސްފަސްގަނޑުގެ ސަރަހައްދުން މިއަދު ހަވީރު ފެށި އެހިނގާލުގައި އިިސްކޮށް ހުންނެވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް މުހައްމަދު ނަޝީދު އެވެ. ގިނަ އަދަަދެއްގެ ބަޔަކު ބައިބވެރިވި އެ ހިނގާލުން ކުރިއަށް ގެންގޮސްފައި ވަނީ އުސްފަސްގަނޑު ސަރަހައްދުން ދެނުނަށް ގޮސް ބޮޑުތަކުރުފާނު މަގުން މަޖީދީމަގުންނެވެ. އެ ހިނގާލުން ނިންމާލާފައި ވަނީ ބޮޑުތަކުރުފާނުމަގު އެމްޕީއެލް ކައިރީގައި ހުންނަ އެމްޑީޕީގެ ޖަގަހާ ހިސާބުންނެވެ.

އެމްޑީޕީގެ ސަޕޯޓަރުންނާ އެކު މިއަދު މާލޭގައި ބޭއްވި އެ ހިނގާލުމުގައި މަސައްކަތްތެރިންގެ ހައްގުތަކާ ބެހޭ ޝުއޫރުތައް ފާޅުކޮށްފައިވާ ބޯޑުތަކެއް ހިފައިން ގިނަ ބަޔަކު ތިބި އިރު އަނެއް ބަޔަކު ވަނީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް އެދި އަޑު އުފުލައިފަ އެވެ.

ހިނގާލުން ނިންމާލުމަށް ފަހު އެމްޑީޕީގެ ޖަގަހައިގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ އިތުރުން އެޕާޓީގެ ބައެއް މެމްބަރުން ވަނީ 01 މެއިގައި ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާ މަސައްކަތް ތެރިންގެ ދުވަހުގެ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެމްޑީޕީން މިއަދު ހަވީރު މާލޭގެ މަގުތަކުގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ހިނގާލުމެއް ބާއްވާފައިވާ އިރު މިއަދު ހެނދުނު ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒިފުންގެ ހިނގާލުމެއް ވެސް މާލޭގައި ވަނީ ބާއްވައިފަ އެވެ.