ހުޅުމާލެ ބާބަކިޔު ހަދާ ސަރަޙައްދުގައި ބެހެއްޓުމަށްޓަކައި އެމްއެންޑީއެފުން 10 ބާބަކިޔު ސްޓޭންޑް ހަދިޔާކޮށްުފި އެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ހުޅުމާލޭ ފޯޓްޓުން ހަދިޔާ ކުރި އެ ބާބަކިޔު ސްޓޭންޑްތައް ހަދިޔާކޮށްފައި މިވަނީ މިހާރަކަށް އައިސް ހުޅުމާލޭ ބާބަކިޔު ސަރަޙައްދު ބޭނުންކުރާ މީހުންގެ އަދަދު ގިނަވެ، އާންމު ރައްޔިތުނަށް ވީހާވެސް ފަސޭހަވާނެ ގޮތެއްގައި އެ ހިދުމަތް ލިބޭނެ ގޮތެއް ހޯދައިނުމުގެ ގޮތުން ކަމަށެވެ.

ފީފާ ބުރިކޮށް މަތީގައި ގްރިލް އަޅައިގެން ތައްޔާރުކޮށްފައިވާ އެ ބާބަކިޔު ސްޓޭންޑްތަކަކީ، އެމްއެންޑީއެފް މާލޭއޭރިއާ ހުޅުލޭ ޕޯސްޓްގެ މުވައްޒަފުންގެ މަސައްކަތުން، ބޭނުން ނުކޮށް އުކާލާފައި ހުންނަ ބާ ދަނގަޑާއި ބާ ފީފާ ބޭނުންކޮށްގެން ހަދާފައިވާ ފެންވަރު ރަނގަޅު ބާބަކިޔު ސްޓޭންޑްތަކެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.