ތ. އޮމަދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އޮމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިކެޝަނަށް ކުރިމަތި ލުމުގެ ފުރުސަތު އެ ކޮމިޝަނުން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އޮމަދޫ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އޮމަދޫ ކައުންސިލްގެ މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެން މިދިޔަ އަހަރު ވެސް ބައި އިލެކްޝަނެއް ބާއްވާފައިވެ އެވެ.

މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ވަނީ ނ. ކެނދުކުޅުދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަން ބޭއްވުމަށް ވެސް ނިންމާފަ އެވެ.