ފަސް މިނިސްޓްރީއަކަށް ޕާމަނަންޓް ސެކްރެޓްރީން ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ)ން މިއަދު ހަމަޖައްސައިފި އެވެ.

ޕާމަނަންޓް ސެކްރެޓްރީންގެ މަޤާމުގެ މަސްއޫލިއްޔަތު މިއަދު ރަސްމީގޮތުން ހަވާލު ކުރެވުނީ އަލަށް މަޤާމަށް ހަމަޖެއްސުނު ދެ ބޭފުޅަކަށާއި ދައުރު ހަމަވުމަށް ފަހު ދެވަނަ ފަހަރަށް މަޤާމް ހަމަޖެއްސުނު ތިން ބޭފުޅަކަށް ސީއެސްސީން ބުންޏެވެ.

ޕާމަނަންޓް ސެކްރެޓްރީންގެ މަޤާމަށް އަލަށް ހަމަޖެއްސުނު ދެ ބޭފުޅުންނަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓްރީ ކަމަށް އައްޔަން ކުރި އިބްރާހިމް ޝަހީބް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޕާމަނަންޓް ސެކްރެޓްރީ ކަމަށް އައްޔަން ކުރި އަހުމަދު ޝާފިއު އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕާމަނަންޓް ސެކްރެޓްރީ ޔޫސުފް ރިޒާ، މިނިސްޓްރީ އޮފް ޓުއަރިޒަމް އާޓްސް އެންޑް ކަލްޗާ ގެ ޕާމަނަންޓް ސެކްރެޓްރީ އަހުމަދު ޞާލިހް، އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ޕާމަނަންޓް ސެކްރެޓްރީ ޑރ. އަބްދުﷲ ނަސީރު ވަނީ މަޤާމުގެ ފުރަތަމަ ދައުރު ހަމަވުމާއި ގުޅިގެން ދެވަނަ ދައުރަކަށް އައްޔަންކުރެވިފަ އެވެ.