30 Apr 2013, 16:55
ޓޫރިޒަމް ދާއިރާގައި ރާއްޖޭގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ އެއް ޓުއާ އޮޕަރޭޓަރު ކަމަށްވާ ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލމިޓެޑްގެ ހިދުމަތްތައް ފުޅާކޮށް ފަސޭހަ ކުރުމުގެ ގޮތުން އާ އޮންލައިން ޕޯޓަލްއެއް މިއަދު ތައާރަފުކޮށްފި އެވެ.
ކެޕިޓަލް ޓްރެވަލްސް އިން ބުނި ގޮތުގައި އަލަށް ގާއިމުކުރެވުނުވެބްސައިޓަކީޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން އެ އޭޖެންސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއި ބޭނުން ކޮށްލެވޭނޭ ގޮތަށް ކަސްޓަމަރުންނާއި ރައްޓެހި ބަލާލަން ފަސޭހަ ގޮތަކަށް ފަރުމާ ކުރެވިފައިވާ ވެބްސައިޓެކެވެ. އެގޮތުން ފަހުގެ ވެބްސައިޓުގައި ހިމެނިފައިވާ ބައެއް ސިފަތަކުގެ ތެރޭގައި ބިޒްނަސް-ޓު-ބިޒްނަސް އަދި ބިޒްނަސް-ޓު-ކަސްޓަމަރު ހިދުމަތް ލިބޭއިރު ސަލާމަތާއި ރައްކާތެރި ކަމުގެ ގޮތުން ރަނގަޅު ފުރިހަމަ ޕޭމަންޓް ގޭޓުވޭއެއް ވެސް އެ ވެބްސައިޓުގައި ހިމެނިފައިވާނެ އެވެ.
ކެޕިޓަލް ޓްރެވަލް މޯސްޑިވްސްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ބުކިން ހައްދަވާ އެކި ބަހުން ވާހަކަ ދައްކާ ފަރާތްތަކަށް ފަސޭހަ ކުރުމަށް ޓަކައި ބައިނަލްއަގްވާމީ ނުވަ ބަހަކުން ވެބްސައިޓް ބޭނުން ކުރެވޭނެ އެވެ. އަދި ހަމައެއާ އެކު ފައިސާގެ ތަފާތު ބާވަތްތައް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ވެސް ކުރެވޭނެ އެވެ.
ޓުއާ އޮޕަރޭޓަރެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާތާ 23 އަހަރުވެފައިވާ ކެޕިޓަލް ޓްރެވަލްސް އަކީ ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ފެންވަރު ރަނގަޅު ރިސޯޓުތައް ހަމަޖައްސައިދިނުމާއި ހޮޓާތައް ހޯދައި ދިނުމާއި އަދި ޔޮޓްތަކުގެ ބުކިން ހަދައި ދިނުމުގައި ވެސް ތަޖުރިބާ ހުރި އޮޕަރޭޓަރެކެވެ. އެގޮތުން އެތަނުގެ ކަސްޓަމަރުންގެ ހިދުމަތުގައި 60 މުވައްޒަފުން މިހާރު ވެސް ހަރަކާތްތެރި ވާކަމަށްވެ އެވެ.