23 Oct 2010, 16:17
00:14- ޕެޓްރޯލް ޝެޑް ކައިރިން މިރޭ އެކްސިޑެންޓި ދެ މީހުންގެ ތެރެއިން އަންހެން ކުއްޖާއަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ. ފިރިހެންކުއްޖާއަށް ފަރުވާ ދެމުންދަނީ އިމަޖެންސީ ރޫމުގަ އެވެ. އޭނާ އަށް ފަރުވާ ދެމުން ދަނީ ނޭވާލައްވާ ނިޒާމުގެ އެހީގައެވެ. ދެމީހުންގެ ހާލުވެސް ވަރަށް ސިރިއަސް ކަމަށް ހޮސްޕިޓަލުގެ އޮފިޝަލަކާ ހަވާލާދީ އައިޖީއެމްއެޗުގައި ހުރި ސަންއެފްއެމް އޮންލައިންގެ ނޫސްވެރިޔާ ބުނީ ދެ މީހުންގެ ހާލުވެސް ވަރަށް ސީރިއަސް ކަމަށާއި ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖޭން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ.
21:56- އެކްސިޑެންޓްވި އާމިރުގެ ސީޓީ ސްކޭން ހެއްދުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. ނަމަވެސް އޭނާއާއެކު އެކްސިޑެންޓްވި ޝާހީނާ އަދިވެ އޮތީ ހޭ ނާރައެވެ. ދެމީހުން ނަށް ވެސް ދަނީ އަވަސް ފަރުވާ ދެމުންނެވެ.
މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކާ ފިރިހެނަކު ވަރަށް ބޮޑަށް ޒަހަމްވެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން އެބަދެ އެވެ.
ބޮޑުތަކުރުފާނު މަގު ޓެރެކް ސަރަހައްދުގައި ހިނގި އެކްސިޑެންޓްގައި ޒަހަމުވެގެން ފަރުވާ ދެމުންދަނީ ހ. ހާލި ހަސަން އާމިރު 23، އާއި ށ. ފުނަދޫ ޝާހީނާ ކިޔާ އަންހެން ކުއްޖަކަށެވެ. މީގެ ތެރެއިން ހަސަން އާމިރު އޮތީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހޭނެތިފަ އެވެ.
ފުލުހުން ބުނީ މީގެ 9:00 ޖަހާ އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި އަންހެނަކާއި ފިރިހެނަކަށް އަނިޔާވެ ވަރަށް ބޮޑަށް ޒަހަމުވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އެ މީހުންހެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
"އެކްސިޑެންޓާބެހޭ މައުލޫމާތު ހޯދައި އެކަން ތަހުގީގު ކުރަމުން މިދަނީ،" ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ސިޔާމް ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކާ ހަވާލާދީ ދެންމެ ސަންއެފްއެމް އޮންލައިންގެ ނޫސްވެރިޔަކު ބުނީ ކާރެއް ދަށުވެ އެކްސިޑެންޓްވި ދެމީހުން ވެސް އޮތީ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރެއިން އަންހެން މީހާ ނޭވާލައްވަމުން ގެންދަނީ ވެސް މެޝިނުގެ އެހީގައި ކަމަށެވެ. ދެ މީހުންނަށް ލިބިފައިވާ ގެއްލުންތައް ޑޮކްޓަރުން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.
"ފިރިހެން މީހާގެ ހާލުވެސް ވަރަށް ސީރިއަސް،"
އެކްސިޑެންޓް ހިނގިތަނަށް ދިޔަ ސަންއެފްއެމް އޮންލައިންގެ ނޫސްވެރިޔަކު ބުނީ އެކްސިޑެންޓްވީ ވަރަށް މަޑުމަޑުން ދުއްވި ސައިކަލެއް ކާރެއްގައި ޖެހިގެން ކަމަށާއި އެކްސިޑެންޓްވީ ވަގުތު ފިރިހެންމީހާ ކާރުގެ ދަށުވެ މޫނާއި ކަނދުރާ ވަރަށް ބޮޑަށް ޒަހަމްވެ މުޅިން ލެއިން ތަތްތެޅިފައިވާ ކަމަށެވެ.
"އަޅުގަނޑު ނުދެކެން އަންހެން މީހާއެއް. އަޅުގަނޑަށް ފެނުނީ ފިރިހެން މީހާ. އޭނާ އޮތީ ބޮލާއި ކަނދުރާ ޗިސްވެފައިވާ ކަހަލަ ގޮތަކަށް މުޅިން ލެޔަށްވެފައި. އޭނާ ވެހިހަކަލަށް އެރުވީ ވަރަށް ގިނަ މީހުންވެގެން ބޯ ބެލެންސްކޮށްގެން. ހީވަނީ މޫނާއި ބޮލައި ކަނދުރާ ވަރަށް ބޮޑަށް ޒަހަމުވެފައިވާހެން،"