މަސްތުވާތަކެތި ގެންގުޅުނު މީހަކު 12 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ހ. ބްރެޑްލީ ހަސަން ހަމްޒާގެ މައްޗަށެވެ.

މިއީ މަސްތުވާތަކެތީގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވި ހަތަރު ވަނަ ފަހަރެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2009 ވަނަ އަހަރުގެ އޮކްޓޯބަރު 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭ ދިއްގާމަގުގައި ހުރި ގަސްތަކެއްގެ ތެރޭގައި ހަމްޒާއާ އިތުރު ބަޔަކު ތިއްބާ އެ ދެ މީހުން ހައްޔަރުކޮށް ޗެކްކުރި އިރު މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ތަހުލީލު ކުރި އިރު ބަރުދަން އެނގޭ މިންވަރަށް ވުރެ ލުއި މިންވަރަކަށް ޓެޓްރާހައިޑްރޯ ކެނަބިނޯލް އާއި ކެނަބިނޯލް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.