29 Apr 2013, 14:58
ރަށު ކައުންސިލަރުންނަށާއި އަތޮޅު ކައުންސިލަރުންނަށް އެ މަގާމުތަކުގައި ތިބެގެން އިތުރު ދައުރަކަށް ކުރިމަތިލެވޭނެ ގޮތަށް ގާނޫނު އިސްލާހުކޮށް އެ އިސްލާހު ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.
ކައުންސިލަރު ކަމުގެ މަގާމަށް ކުރިމަތިލެވޭނީ ގާނޫނު އަސާސީގެ ދަށުން އިންތިހާބު ކުރެވިފައިވާ މަގާމެއްގައި ނެތް މީހަކަށް ކަމަށް ބުނެފައިވާ މާއްދާ އުވައިލުމަށް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ މަޖިލީހުގެ 63 މެންބަރުންގެ އިއްތިފާގުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އެ އިސްލާހް ހުށަހަޅުއްވައިފައި ވަނީ ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 12 މާއްދާގެ (ހ)ގެ (6) ނަންބަރުގައި ބުނެފައިވަނީ ގާނޫނޫ އަސާސީގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުންދާ މީހަކަށް ލޯކަލް ކައުންސިލެއްގެ މެންބަރު ކަމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.