29 Apr 2013, 12:33
ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އާއި އާސެނަލް ބައްދަލުކުރި މެޗު 1-1 ލަންޑުން އެއްވަރުވެއްޖެ އެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑް ނެގީ އާސެނަލްއިންނެވެ. މެޗުގެ ފުރަތަމަ ދެ ވަނަ މިނެޓުގެ ތެރޭގައި އާސެނަލްއަށް ލީޑް ނަގައި ދިން ލަނޑު ކާމިޔާބު ކޮށްދިނީ އިންގްލޭންޑުގެ ފޯވާޑް ތިއޯ ވޮލްކޮޓް އެވެ.
ރޭގެ މެޗުގައި ޔުނައިޓެޑްއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ފޯވާޑް ރޮބިން ވެން ޕާސީ އެވެ.
ޔުނައިޓެޑަށް ރޭގެ މެޗުގައި ލިބުނު ޕެނަލްޓީއަކީ ވެން ޕާސީއަށް އާސެނަލްގެ ޑިފެންޑަރު ބަކާރީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗް އެލެކްސް ފާގަސަން ބުނީ ޓީމް ދެއްކި ކުޅުމާމެދު ވަރަށް ހިތް ހަމަޖެހުން ފާޅުކޮށް ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ތައުރީފް ކޮށްފަ އެވެ. އަދި ރޭގެ މެޗުން އެއްވަރު ވިކަމުގައި ވިޔަސް މެޗުގެ ލީގު ޗެމްޕިއަންކަން ކަށަވަރުވެފައި އޮތުމުން ހިތް ހަމަޖެހޭ ކަމަށް ފާގަސަން ބުންނެވެ.