ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގެ ކަސްޓަމަރުންނާއި ވަގު އީމެއިލް އެޑްރެހަކުން ބޭންކުގެ ނަމުގައި މިއާމަލާތް ކުރަމުން ގެންދާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އިންޓަނެޓް ބޭންކިންގެ ދަށުން އެކައުންޓް ވެލިޑޭޓްކުރުމަށް ކަމަށް ބުނެ[email protected]މި އީމެއިލް އެޑްރެހުން އެކި ކަސްޓަމަރުންނަށް އީމެއިލް ފޮނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ އީމެއިލް އެޑްރެހަކީ ބޭންކާއި އެއްވެސް ގުޅުމެއް ހުރި އީމެއިލް އެޑްރެހެއްކަމަށް ކަމަށާއި އެފަދަ ގޮތްނޭނގޭ އީމެއިލް އެޑްރެސްތަކުން ފޮނުވާ މެއިލްތަކަށް ޖަވާބުދާރީ ނުވުމަށް ވެސް ބީއެމްއެލް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެމީހެއްގެ އެކައުންޓާއި ކޭޝްކާޑުގެ މައުލޫމާތު އީމެއިލް މެދުވެރިކޮށް އެއްވެސް ފަރަތާކަށް ނުފޮނުވުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ބުނެފައި ވަނީ އީމެއިލް މެދުވެރިކޮށް އެއްވެސް އެކްސެސް ކޯޑެއް އެކައުންޓުގެ ވެރިފަރާތަށް ބޭންކުން ނުފޮނުވާނެ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.