28 Apr 2013, 20:59
މާލެ އަތޮޅު ކަނޑޫމާ ރިސޯޓްކައިރީގައި ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މޫދަށް ވެއްޓުނު މީހާ ފެނުނު އިރު އޮތީ މަރުވެފައި ކަމަށް ގުރައިދޫ ކައުންސިލުން ބުނެފި އެވެ.
ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މިރޭ ސަން އޮންލައިނަށް ވިދާޅުވީ އެ އެކްސިޑެންޓްގައި މަރުވެފައި ވަނީ އެ ރަށު ލައިނޫފަރު، އަލީ އަބްދުﷲ،46، ކަމަށެވެ.
ހުސައިން ވިދާޅުވީ މިހާރު އަލީ އަބްދުﷲގެ ކަށުކަމާކެމީގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަލީ އަބްދުﷲ ފެނުނު އިރު އޭނާގެ މޭމައްޗާއި މޫނު މަތީގައި ފުން ޒަހަމުތަކެއް ހުއްޓެވެ.
އަލީ އަބްދުﷲ ދުނިޔެ ދޫކުރި އިރު 13 އަހަރުގެ އަންހެން ކުއްޖަކާއި އަންބެއް ހުރެ އެވެ.
ފުލުހުން ބުނީ މިރޭ 8:00 އެހާކަންހާ އިރު ކަނޑުމާ ރިސޯޓް ނެރުކައިރީ އޮތް އެ ރިސޯޓުގެ ވޯޓާ ސްޕޯޓް ލޯންޗަކާއި އެ ސަރަހައްދުގައި އޮތް މަސްދޯންޏެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި މޫދަށް ވެއްޓިފައި ވަނީ މަސްދޯނީގައި ހުރި މީހެއް ކަމަށެވެ.