ދިޔަ ވަކި ތަނެއް ނޭނގޭތީ ހޯދަމުންދިޔަ އަންހެން މީހާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިމަހުގެ 24 ވަނަ ދުވަހުގެ ރެއިން ފެށިގެން ހޯދަމުން ދިޔަ ލ. މާބައިދޫ ކަންމަތީގެ، ޢާއިޝަތު ސާމިޔާ 31، ފެނިފައިވަނީ އާއިލާ މީހަކަށް ކަމަށެވެ. އަދި އޭނާ ހޯދަމުން ދާތީ މިއަދު ހެނދުނު ފުލުހުންގެ އިދާރާއަށް އޭނާގެ ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އަންހެން މީހާ ފެނިފައި ވަނީ ކޮންތާކުން ކަމެއް ފުލުހުން ނުބުނެ އެވެ.

ސާމިޔާ ފެނުނު އިރު، މިމަހުގެ 25 ވަނަދުވަހުގެ ވަގުތެއްގައި ހޯދަން އިއުލާނުކުރި ކ.މާލެ، ހުޅުމާލެ ފްލެޓް މަރިޔަމް ރިޝްމީ އަހުމަދު 14 އަހަރުގެ ފުލުހުން ވަނީ ހޯދައިފައެވެ.

ފުލުހުން ބުނީ އޭނާ ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 11:50 ހާއިރު އިމްޕީރިއަލް މެޑިކަލް ސެންޓަރ ކައިރީ އޭނާގެ ރަހުމަތްތެރިންތަކަކާ އެކު އުޅެނިކޮށް ކަމަށެވެ.

ރިޝްމީ ގެއްލިގެން މީގެ މަހެއް ކުރިން ވެސް ފުލުހުން ވަނީ އިއުލާން ކޮށްފަ އެވެ.