ފުވަމުއްލަކުގައި ހިންގި މާރާމާރީއެއްގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ރޭ 8:40ގައި ހިންގި މާރާމާރީގައި ޒަޚަމްވި ހަތަރު މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ އެއިން އެއްވެސް މީހަކަށް ސީރިއަސް ސީރިއަސް ޒަހަމެއް ލިބިފައި ނުވާ ކަމަށެވެ.

ރޭގެ މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 23 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 39 އަހަރުގެ މީހަކަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 16 އަހަރުގެ ކުއްޖަކާއި އުމުރުން 18 އަހަރުގެ މީހަކާއި 21 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.