މި މަހު ކުރީކޮޅު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މައްސަލަ ޖެހި އިންތިހާބު ފަސްކުރި ނުވަ ދާއިރާއެއްގެ މެދުގައި ދެވަނަ ފަހަރަށް އިއްޔެ ބޭއްވި ވޯޓުގެ ވަގުތީ ނަތީޖާ ރޭ އިޢުލާންކޮށްފި އެވެ.


އިއްޔެ މެންދުރު ފަހު 2.30 ން ރޭގަނޑު 7.30 އަށް ބޭއްވި އިންތިޚާބުގައި ހޮވި މަޤާމްތަކަކީ ހުޅުހެންވޭރު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާގެ ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު އަދި އިންތިޒާމް ސެކްރެޓަރީ އާއި، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު އުތުރު ދާއިރާ އަދި މާފަންނު ދެކުނު ދާއިރާގެ ރައީސްގެ ނައިބު، ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު އަދި އިންތިޒާމް ސެކްރެޓަރީ އާއި، ބާރަށު ދާއިރާގެ އިންތިޒާމް ސެކްރެޓަރީ އާއި ނ. ކެނދިކުޅުދޫ ދާއިރާގެ ސެކްރެޓަރީ އަދި ސެކްރެޓަރީގެ ނައިބާއި، ނިލަންދޫ ދާއިރާގެ ސެކްރެޓަރީ އަދި ސެކްރެޓަރީގެ ނައިބާއި، ނައިފަރު ދާއިރާގެ ރައީސްގެ ނައިބާއި ސެކްރެޓަރީ އާއި އިންތިޒާމް ސެކްރެޓަރީ އެވެ.


އެ މަގާމުތަކަށް ހޮވުނީ މިދަންނަވާ ބޭފުޅުންނެވެ.


ހުޅުހެންވޭރު ދާއިރާގެ  ވަގުތީނަތީޖާ:


ސެކްރެޓަރީ: ޢަބްދުﷲ ސަޢީދު 28 ވޯޓު
ސެކްރެޓަރީގެ ނައިބު:އަޙުމަދު ސޮފްވާން 39 ވޯޓު
އިންތިޒާމް ސެކްރެޓަރީ: އާދަމް މަނިކު (އަންނު): 49 ވޯޓު


ގަލޮޅު އުތުރު ދާއިރާގެ ވަގުތީ ނަތީޖާ:


ސެކްރެޓަރީ: މުޙައްމަދު އިބްރާހީމް (ކުޑޫ) 57 ވޯޓު
ސެކްރެޓަރީގެ ނައިބު: ޒާހިޔާ ޢަބްދުﷲ 75 ވޯޓު
އިންތިޒާމް ސެކްރެޓަރީ: އަޙުމަދު ހަމީދު 69 ވޯޓު


މައްޗަންގޮޅި ދެކުނު ދާއިރާގެ ވަގުތީ ނަތީޖާ:


ނައިބު ރައީސް: އަޙުމަދު ޖަލީލް 70 ވޯޓު
ސެކްރެޓަރީ: އިބްރާހީމް ވަހީދު 54 ވޯޓު
ސެކްރެޓަރީގެ ނައިބު: އިސްމާޢީލް އާތިފް 98 ވޯޓު
އިންތިޒާމް ސެކްރެޓަރީު: މުޙައްމަދު ފާރޫޤް 60 ވޯޓު


މާފަންނު އުތުރު ދާއިރާގެ ވަގުތީ ނަތީޖާ:


ނައިބު ރައީސް: އުސާމަތު އައްބާސް 49 ވޯޓު
ސެކްރެޓަރީ: މުޙައްމަދު ނާޒިމް 70 ވޯޓު
ސެކްރެޓަރީގެ ނައިބު: މުޙައްމަދު ލިއުޝާދު 69 ވޯޓު
އިންތިޒާމް ސެކްރެޓަރީ: މުޙައްމަދު އާސިމް 71 ވޯޓު


މާފަންނު ދެކުނު ދާއިރާގެ ވަގުތީ ނަތީޖާ:


ނައިބު ރައީސް: އަޙުމަދު އާމިރު 65 ވޯޓު
ސެކްރެޓަރީ: އަޙުމަދު ރިލްވާން 73 ވޯޓު
ސެކްރެޓަރީގެ ނައިބު: ޙުސައިން މަނިކު 78 ވޯޓު
އިންތިޒާމް ސެކްރެޓަރީ: އަޙުމަދު ޝިރުހާން 70 ވޯޓު


ބާރަށު ދާއިރާގެ ވަގުތީ ނަތީޖާ:


ސެކްރެޓަރީގެ ނައިބު: މުނާޒް ޢަލީ 26 ވޯޓު
އަސްރާރު ޢަބްދުﷲ 261 ވޯޓު


ކެނދިކުޅުދޫ ދާއިރާގެ ވަގުތީ ނަތީޖާ:


ސެކްރެޓަރީ: ޝާޒާ ރަޝީދު 187 ވޯޓް

ސެކްރެޓަރީގެ ނައިބު:ހަސަން ޒައީމް 176 ވޯޓް


ނިލަންދޫ ދާއިރާގެ ވަގުތީ ނަތީޖާ:


ސެކްރެޓަރީގެ ނައިބު: އަޙުމަދު މިޒްމަދު 55 ވޯޓު
އިންތިޒާމް ސެކްރެޓަރީ: މޫސާ ޝިޔާމް ޢަބްދުﷲ ޢަލީ 49 ވޯޓު



ނައިފަރު ދާއިރާގެވަގުތީ ނަތީޖާ:


ނައިބު ރައީސް: ވަދީފް މޫސާ 42 ވޯޓު
ސެކްރެޓަރީ: މަޙްމޫދު ޚާތިރު ޔޫސުފް 50 ވޯޓު
އިންތިޒާމް ސެކްރެޓަރީ: މަޙްމޫދު ޢަބްދުﷲ 51 ވޯޓު