ޅ. ކުރެންދޫ ފުއްޓަރު ފަރާތު ގޮނޑުދޮށުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ އެވެ.

ކުރެންދޫ ކައުންސިލް އިދާރާގެ ރައީސް އަހުމަދު މުހައްމަދު ސަން އޮންލައިނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ހަށިގަނޑު ފެނިފައި ވަނީ އިއްޔެ ހަވީރު 5:30 އެހާކަންހާ އިރު ކުރެންދޫގެ ފުއްޓަރު ފަރާތު ގޮނޑު ދޮށުން ކަމަށެވެ.

"އަޅުގަނޑުމެން މިހާރު އެ ހަށިގަނޑު ކުރެންދޫ ސަހަރާގައި ވަޅުލައިފިން. ބޮޑަށް ލަފާ ކުރެވެނީ ކުރީޒަމާނުގައި އެ ސަރަހައްދުގައި ވަޅުލާފައިވާ ހަށިގަނޑެއް ކަމަށް. އަޅުގަނޑު މެންނަށް ފެނިފައި ވަނީ އެއިންސާނާގެ މޭކަށިގަނޑުން މަތީގެ ބައިތަ،" އަހުމަދު ވިދާޅުވި އެވެ.

ސަން އަށް އިގިފައިވާ ގޮތުގައި ކުރެންދޫ ފުއްޓަރު ފަރާތުން އިއްޔެ ފެނުނު އިންސާނާގެ ހަށިގަނޑު ފެނުނު ސަރަހައްދަކީ މީގެ އެތަކެއް ޒަމާނެއް ކުރިން އެ ރަށުގައި މީހުން ވަޅުލި ސަރަހައްދެވެ.