މިދިޔަ ފެބްރުއަރީ މަހާ އަޅާ ބަލާއިރު ހުސްވި މާޗުމަހުގެ ނިޔަލަށް ރާއްޖޭގައި މޯބައިލް ފޯނާއި މޯބައިލް އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އިން އާންމު ކޮށްފައިވާ މިދިޔަމަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޭގެ ކުރީ މަހާ އަޅާބަލާއިރު ހުސްވި މަހުގެ ނިޔަލަށް ރާއްޖޭގައި ބޭނުން ކުރެވުނު މޯބައިލް ކަނެކްޝަންގެ އަދަދު ވަނީ 3799 ދަށަށް ގޮސްފައެވެ. ފެބްރުއަރީގެ ނިޔަލަށް މޯބައިލް ފޯން ބޭނުން ކުރި މީހުންގެ އަދަދު އުޅެނީ 578,010ގައެވެ. އެއީ 70,495 ޕޯސްޓްޕެއިޑާއި 505,515 ޕްރިޕެއިޑް ކަނެކްޝަނެވެ. އަދި މިދިޔަ މަހު އެއަދަދު ވަނީ 574,211 އަށް ދަށަށް ގޮސްފައެވެ. އެއީ 71,181 ޕޯސްޓްޕެއިޑް އަދި 503,030 ޕްރިޕެއިޑް ކަނެކްޝަންއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފެބްރުއަރީމަހު ރާއްޖޭގައި މޯބައިލް އިންޓަނެޓް ބޭނުކުރާ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް މައްޗަށް ދިއުމަށްފަހު ހުސްވިމަހުގައި ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ. އެގޮތުން ފެބްރުއަރީމަހު މޯބައިލް އިންޓަނެޓް ބޭނުކުރާ މީހުންގެ ޖުމުލަ އަދަދު 104,671 އަރާފައިވާއިރު ހުސްވި މަހުގައި އެ އަދަދުވަނީ 81,735 އަށް ދަށަށް ގޮސްފައެވެ. އެއީ ކުރީ މަހާ އަޅާ ބަލާއިރު 22936 ދަށް އަދަދެކެވެ.