ރ. ރަސްގެތީމް ކައުންސިލް އިދާރާ އަށް ހޮނުއަޅައި އެ ކައުންސިލް އިދާރާގައި ބޭނުންކުރަމުންދާ ހުރިހާ ކޮމްޕިއުޓަރު ސިސްޓަމްތަކެއް އަނދައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ރަސްގެތީމް ކައުންސިލްގެ ރައީސް އައިޝަތު ނާޒްލީ މިރޭ ވިދާޅުވީ މިއަދު 3:00 ހާއިރު އެ ރަށަށް ވަރަށް ބޯކޮށް ވިއްސާރަކޮށް ގުގުރުމަށް ފަހު ކައުންސިލް އިދާރާ އަށް ހޮނުއެޅުމުގެ ސަބަބުން އެތަނުގައި ބޭނުން ކުރަމުންދިޔަ ހަ ކޮމްޕިއުޓަރު ސިސްޓަމް އެއްކޮށް އަނދާފައިވާ ކަމަށެވެ.

"ހޮނުއެޅީ ކައުންސިލް އިދާރާގެ މަތީގައި ހުރި އެންޓަނާއަކަށް، ނަމަވެސް ހޮނުއެޅިމާ ކައުންސިލް އިދާރާ އެތެރޭގައި ހުރި ކޮމްޕިއުޓަރު ސިސްޓަމްތައް ވަނީ އެއްކޮށް އަނދާފައި. ނަމަވެސް ކައުންސިލް އިދާރާ ތެރޭގައި ރޮލެއްނުވޭ" ނާޒްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދަކީ ރަސްނީ ބަންދު ދުވަހަކަށް ވާތީ ހާދިސާ ހިނގި ވަގުތު ކައުންސިލް އިދާރާގެ ތެރޭގައި އެއްވެސް މީހަކު ނެތްކަމަށެވެ. އަދި އެ ހާދިސާގެ ސަބަބުން ކައުންސިލް އިދާރާ އިން އެއްކޮށް މުއާސަލަތީ ޚިދުމަތް މެދުކެނޑިފައިވާކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.