27 Apr 2013, 15:45
މީހެއްގެ ޗެކެއް ވަގަށް ނަގައިގެން އެޗެކު ބޭނުންކޮށްގެން ފައިސާ ނެގި މީހަކު ދެ އަހަރަށް ޖަލަށް ލާން ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ ހުކުމް ކޮށްފައިވަނީ ޏ. ފުވައްމުލައް ބިއްދަރިގޭ އިބްރާހީމް އަހްމަދު،31 ގެ މައްޗަށެވެ.
މިމަހުގެ 11 ވަނަ ދުވަހު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ސެޕްޓެންބަރު 29 ވަނަ ދުވަހު ފުވައްމުލައް ޕޯސްޓް އޮފީސް ބަންދުކުރުމާއި އަދި އޮކްޓޯބަރ މަހު ދެ ވަނަ ދުވަހު ޕޯސްޓް އޮފީސް ހުޅުވުމާ ދެމެދުގެ ވަގުތެއްގައި ޕޯސްޓް އޮފީސް ފަޅާލައި ޕޯސްޓް އޮފީސްތެރެއަށް ވަދެ އެތަނުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ޗެކް ފޮތަކުން ޗެކެއް ވަގަށް ނަގައިގެން އެޗެކަށް ފައިސާ ނެގިކަން ޝަރީއަރަށް ސާބިތުވުމުންނެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި އިބްރާހީމް އަހްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2011 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ.