ކޯޓުތަކާ ފަނޑިޔާރުންނާ ގުޅުންހުރި ކަންކަމުގައި އުއްތަމަ ފަނޑިޔާރަށް ފޮނުވާ ސިޓީތައް އެހެން ފަރާތްތަކަށް ކޮޕީ ނުކުރުމަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އާންމު ސިޓީއެއްގައި ބުނެފައި ވަނީ ކޯޓުތަކާ ފަނޑިޔާރުންނާ ގުޅުންހުރި ކަންކަމުގައި އުއްތަމަ ފަނޑިޔާރަށް އެޑްރެސްކޮށް ފޮނުވާ ސިޓީތައް ކަމާ ގުޅުން ނެތް ފަރާތްތަކަށް ކޮޕީކޮށް ފޮނުވަމުން އަންނަ ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރަށް ފޮނުވާ ސިޓީތަކާއި ނޯޓު ފަދަ ތަކެތި އެހެން ފަރާތްތަކަށް ކޮޕީކޮށް ފޮނުވާނަމަ އެފަދަ ސިޓީތައް ބަލައި ނުގަންނާނެ ކަމަށެވެ.