ހުޅުމާލޭގައި ބިދޭސީ އަކަށް ބަޔަކު ހަމަލާދީ ފައިސާތަކަކާއި އެ މީހާ ގެންގުޅުނު ލެޕްޓޮޕް ފޭރިގަނެގެން ފިލި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލު، ސަބް އިނިސްޕެކްޓަރު އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ހުޅުމާލޭގައި ބިދޭސީ އަކަށް ހަމަލާދީ އޭނާގެ ލެޕްޓޮޕް ފޭރިގަތް ކަމުގެ ތުހުމަތުގައި މިދިޔަ ހަފުތާގެ ތެރޭގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.


ސަންއެފްއެމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައި ވަނީ ހުޅުމާލޭގައި ދިރިއުޅެމުން އަންނަ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ހަމިން ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު ކްރިސް ޗެމްބާ އަށެވެ. އޭނާ އަށް ހަމަލާދީފައި ވަނީ ރޭގަނޑުގެ ވަގުތެއްގައި މަގުމަތިން ހިނގާފައި ދަނިކޮށެވެ. އަދި އޭނާ އަށް ހަމާލާދީ އޭނާގެ ވޮލެޓާއި ލެޕްޓޮޕް އެ މީހުން ވަނީ ފޭރިގަނެ، އެކިވަރުގެ އަނިޔާ ވެސް ކޮށްފަ އެވެ.