26 Apr 2013, 19:11
މިދިޔަ ބުދަ ދުވަހުން ފެށިގެން ދިޔަ ވަކިތަނެއް ނޭންގި ގެއްލިގެން އަންހެނަކު ހޯދަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ހޯދަމުންދަނީ ލ. މާބައިދޫ ކަންމަތީގެ، ޢާއިޝަތު ސާމިޔާ 31، ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ސާމިޔާ ގެއްލިގެން ހޯދަން ފަށާފައިވަނީ އޭނާ މާލޭގައި ދިރިއުޅޭ ގެއިން ބުދަ ދުވަހުގެރޭ 11:00 ހާއިރު ނުކުމެގެން ދިޔަ ފަހުން ޚަބަރެއް ނުވެގެނެވެ.
ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ޗޮކްލެޓް ކުލައިގެ ޓޮޕަކާއި ކަޅު ކުލައިގެ ޓައިޓެކެވެ. އަދި އޭނާ ހުރިކަމަށް ވަނީ ކަޅުކުލައިގެ ބުރުގާއެއް އަޅައިގެންނެވެ.
އަދި ސާމިޔާއާ ބެހޭ ހަބަރެއް ވެއްޖެ މީހަކު ވީހާވެސް އަވަހަށް ފުލުހުންނަށް އެކަން ރިޕޯޓުކުރުމަށް ފުލުހުން އެދެ އެވެ.
ފަހަކަށް އައިސް އާއިލާއަށް ވީނުވީ ތަނެއް ނޭންގި ގެއްލިގެން ހޯދާ ކުޑަކުދިންނާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.