22 Oct 2010, 10:28
މާލޭ ގެއެއްގެ ފުރަތަމަ ބުރީގެ ބެލްކަނީގައި ދަންޖެހިފައި ހުރި އުމުރުން 19 އަހަރުގެ ފިރިހެނެއް ފުލުހުން ރޭ ސަލާމަތްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މީހާ ދަންޖެހިފައި ހުއްޓައި ފެނިފައި ވަނީ ރޭ ފަތިހު 5 ޖަހާ އެހާކަންހާއިރު މައްޗަންގޮޅީ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް ކަމަށާއި އެމީހާ ދަންޖެހިފައި ހުއްޓައި ފެނުމުން ދަންޖެހުމަށް ބޭނުންކޮށްފައި ހުރި ވާގަނޑު ކަނޑާލައިގެން ފަރުވާދިނުމަށް ވަގުތުން ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުން މިހާރު ތަޙުޤީޤު ކުރަމުން އަންނަ ކަމަށާއި އެމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.