މިދިޔަ މަހު ވެސް އާއިލާ އަށް ފިލައިގެން ހޯދަން އިއުލާން ކުރި ކުއްޖަކު އަނެއްކާ ވެސް ގެއްލިގެން ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަން އިއުލާން ކޮށްފައި ވަނީ ކ. މާލެ، ހުޅުމާލެ ފްލެޓް 01-3-1 މަރިޔަމް ރިޝްމީ އަޙްމަދު (14އ) އެވެ.

އާއިލާއަށް ފިލައިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްގެން މިދިޔަ މަހު ވެސް ވަނީ ރިޝްމީ ހޯދަން އިއުލާންކޮށްފަ އެވެ. އަދި އެފަހަރު އޭނާ ހޯދާ އާއިލާއާ ހަވާލު ކުރުމުން އަނެއްކާ ވެސް މިދިޔަ އާދިއްތަ ދުވަހު ވަނީގެއިން ނުކުމެގެން ފިލާފައި ކަމަށް ފުލުހުން ބުނެ އެވެ. ރިޝްމީ ދިރިއުޅޭ ވ. ހަފޮޅު ގެއިން ނިކުމެގެން ގޮސްފައި ވަނީ އާދިއްތަ ދުވަހުގެރޭ 7:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ހޯދަން އިއުލާންކޮށްފައިވާ ރިޝްމީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެކަންލަސްނުކޮށް ފުލުހުންނަށް އެނގުމަށް ވަނީ އެދިފަ އެވެ.