25 Apr 2013, 13:09
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް މިރޭ ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި މިރޭ މެންދަމު 1:00 ގައި ކޭތަ ނަމާދުކުރުން އޮންނާނެ ކަމަށެވެ. މާލޭގައި ކޭތަ ނަމާދުކުރުން އޮންނާނީ މަސްޖިދުލްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) ގައެވެ. ކޭތަ ނަމާދުގެ ހުތުބާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ހަނދުކޭތަ ހިފާނީ މިރޭ މެންދަމު 12:52 ހާއިރު އެވެ. އަދި ހަނދުކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މިރޭ ދަންވަރު 1:07 ގަ އެވެ. ހަނދުކޭތަ ރާއްޖެއަށް ފެންނާނީ ވަރަށް ފަނޑުކޮށެވެ.
މިދިޔަ 2011 ވަނަ އަހަރުގެ ޖޫން މަހު ތެރޭ ވެސް ވަނީ ހަނދުކޭތަ ހިފާފަ އެވެ.