ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު، އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް، މާފަންނު ކަލީ ޙުސައިން ޝިހާބް، އައްޔަން ކުރައްވައިފިއެވެ.

އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ހުސައިން ޝިހާބް، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިހާތަނަށް ހުސައިން ޝިހާބު ހުންނެވީ ފިލިޕީންސަށް ދިވެހި ރާއްޖެ އިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމުގެ މަގާމުގަ އެވެ.