25 Apr 2013, 10:14
ހއ. މާރަންދޫގައި ސިހުރުހާހޫރަ ގިނަ އަދަދަކަށް ހަދާ ކަމަށް ބުނާ މައްސަލައާ ގުޅިގެން އެ ރަށުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހުގެ 2:30 އިން 4:00 އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ އެ ރަށުގައި ސިހުރު ހާހޫރާ ގިނަ ޢަދަދަކަށް ހަދަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ އަތޮޅު އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
އަދި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާރަންދޫ ދެ ގެއެއް ބަލައި ފާސްކޮށް އެ ދެ ގެއިން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާޒާތުގެ ފޮތްތަކެއް ވަނީ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.