24 Apr 2013, 21:55
ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ހޮވައިފި އެވެ.
މިހާރު ކުރިއަށްދާ ޑީއާރްޕީގެ ގައުމީ މަޖިލީހުގައި މައުސޫމް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް އިންތިހާބުވީ އޮޓަމެޓިކުން އެ މަގާމަށް އެހެން މެންބަރަކު ކުރިމަތިލަައްވާފައި ނުވާތީ އެވެ.
ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް މީގެ ކުރިން ހުންނެވީ އެ ޕާޓީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ އެވެ.
ޑީއާރްޕީން ބުނި ގޮތުގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ވިޕުން ހަމަޖައްސާނީ މާދަމާ ޕާލެންޓްރީ ގްރޫޕްގައި އެކަމަށް ޓަކައި ނަގާ ވޯޓަކުންނެވެ. އެހެން ނަމަވެސް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ވިޕުންގެ މަގާމަށް ކުރުމަތިލާފައި ވަނީ ކޮން ބައެއް ކަމެއް އެ ޕާޓީއަކުން ހާމައެއް ނުކުރެ އެވެ.