24 Apr 2013, 21:25
ގާނޫނުގައިވާ ގޮތުގެ މަތީން ޖުޑީޝަލް ސަވިސް ކޮމިޝަންގެ މެންބަރުކަމަށް، ބަންޑާރަ ނައިބު ޢާއިޝަތު ބިސާމް، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖުޑީޝަލް ސަވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢާއިޝަތު ބިސާމް ހަމަޖެއްސެވި ކަމުގެ ލިޔުން، އެކަމަނާއާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ އެ ކަމަށް ޓަކައި މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ކަމަށެވެ. އަދި އެ ރަސްމިއްޔާތުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ކުރިމަތީގައި، ޖުޑީޝަލް ސަވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ޢާއިޝަތު ބިސާމް ކުރެއްވި ކަމަށެވެ.