ހުޅުމާލޭ ސިނާއީ ސަރަހައްދުގައި މަސައްކަތު މީހުން ދިރިއުޅުމަށް ބޭނުން ކުރަމުންދިޔަ އިމާރާތެއްގައި މިރޭ އަލިފާން ރޯވެއްޖެ އެވެ.


ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް އެތަނުގައި ހުރި އިލެކްޓްރޯނިކް ސާމާނާއި އަދިވެސް ބައެއް ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.


ޑެގް އަޅައިގެން ދެ ބުރިއަށް ހަދާފައިހުރި އިމާރާތުގެ ތިރީ ބުރީގައި އަލިފާން ރޯވީ މިރޭ 8.55 އެހާއިރު އެވެ. އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭގަ އެވެ.


ފުލުހުން ބުނީ މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.