24 Apr 2013, 09:52
އަންހެނެއްގެ ކަރުގައި އޮތް ރަންފަށެއް ފޭރުނު މީހަކު އެއް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ މ. މޫސުންބަހާރު މުހައްމަދު ތިފްލީލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 10:30 އެހާކަންހާއިރު މ. ކަރާދުނބުރިއާގެ އަށް ވަދެ އެގޭ އަންހެނެއްގެ ކަރުގައި އޮތް ރަންފަށެއް ފޭރިގެންފައިވާ ކަމަށް އޭނާ ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށެވެ.
އެ ރަންފަށް ފޭރިގަތުމަށް ފަހު ބަނގްލަދޭޝްގެ މީހަކަށް 500ރ. އަށް އެ ރަންފަށް ވިއްކާލާފައިވާ ކަމަށް ތިފްލީލް ޝަރީއަތުގައި އިއުތިރާފުވެފައި ވާތީ ފޭރުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.