މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ ނައިބުގެ މަގާމް ގދ. ތިނަދޫ މާފަރު ޝިދާތާ ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ދެއްވައިފި އެވެ.

ޝިދާތާ ޝަރީފަކީ ކެއާ ސޮސައިޓީގެ ޑިރެކްޓަރެއްގެ އިތުރުން ކުށްވެރިން މުޖުތަމައުއަށް އަހުލުވެރިކުރުވުމަށް ސަރުކާރުން ހިންގާ ފެރޯލް ބޯޑުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާާާތްތަކަށް ދޭ ހާއްސަ އެވޯޑު ވެސް އޭނާ ވަނީ ހާސިލުކުރައްވައިފަ އެވެ.