ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން މިއަދު ވަނީ ޑީސަލް ލީޓަރަކުން 41ލ. އަދި ޕެޓްރޯލް ލީޓަރަކުން 43ލ. ހެޔޮކޮށްފަ އެވެ. އެ ބަދަލާ އެކު މިހާރު އެސްޓީއޯ އިން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.37ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 16.08ރ. އަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލުގެނެސްފައި ވަނީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އެ ފަހަރު އެސްޓީއޯ އިން ވަނީ ޑީސަލް ލީޓަރަކުން 26ލ. އަދި ޕެޓްރޯލް ލީޓަރަކުން 38ލ. ބޮޑުކޮށްފަ އެވެ.

އެސްޓީއޯ އިން މިއަދު ބުނީ ތެލުގެ އަގަށް ބަދަލުގެނައީ ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލާ އެކު އެންމެ ފަހުން އެތެރެކުރި ޝިޕްމަންޓްގެ އަގުހެޔޮވެފައި ވާތީ ކަމަށް އެސްޓީއޯ އިން ބުންޏެވެ.