މަގުމަތީގައި ވަޅިއެއް ގެންގުޅުނު މީހަކު އެއް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 416 ފަހުދު މުހައްމަދުގެ މައްޗަށް ކަމަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 8:52 ހާއިރު ވަޅިއެއް ހިފައިގެން ފިޔާތޮށި ހިނގުމުގައި އޭނާ ހުރިކަމަށް ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ.

އެވަޅި ގެންގުޅެން ޖެހުނު ސަބަބެއް ފަހުދު އަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ މަގުބޫލު ސަބަބެއް ނެތި އާންމުތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ވެސް އެ ހުކުމްގައި ބުނެފައިވެ އެވެ.