ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެންބަރެއްގެ ގޮތުގައި ހުންނަވާ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު (އަލިބެ) އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދުގުކުރައްވައިފި އެވެ.
~
ސަންއަށް ދެއްވި އިންޓަވިއުއެއްގައި އަލިބެ ވިދާޅުވީ އެމްޑީޕީ އަށް އަދި ސޮއި ނުކުރައްވާ ކަމަށާއި ނަމަވެސް އެ ޕާޓީއާ ގުޅިއްޖެ ނަމަ "އެކަން އެންމެންނަށް އަދި އެނގިގެންދާނެ" ކަމަށެވެ.

"އަޅުގަނޑު އަދި އެކަހަލަ ކަމެއް ނުކުރަން. އެ ޕާޓީއާ އަޅުގަނޑު ގުޅުނީމަ ތިޔަ ބޭފުޅުންނަށް ވެސް އެކަން އެނގިގެންދާނެ. އެކަމަކު އަދި އެ ކަމެއް ނުކުރަން،" މަޖިލީހުގައި ނަގާ ގިނަ ވޯޓުތަކުގައި އެމްޑީޕީއާ އެއްކޮޅަށް ވޯޓު ދެއްވާ އަލިބެ ވިދާޅުވި އެވެ.

ޑީއާރްޕީގެ ޓިކެޓުގައި ވެލިދޫ ދާއިރާ އަށް ކުރިމަތިލައްވައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު 2011 ވަނަ އަހަރު އެ ޕާޓީން ވަކިވެވަޑައިގެންނެވި އަލިބެ، އެމްޑީޕީ އަށް ގުޅިވަޑައިގަންނަވާފާނެތޯ ސުވާލު ދެންނެވުމުން އަލިބެ ސީދާ ޖަވާބެއް އަދިބެ ނުދައްވަ އެވެ. ހަމައެކަނި ވިދާޅުވީ "އެކަން އެނގިގެންދާނެ" ކަމަށެވެ.