22 Apr 2013, 16:19
މޯލްޑިވްސް ނެޝަނަލް ސްޕޯޓްސް އިނިސްޓިޓިއުޓާއި ވޮލީބޯލް އެސޯސިއޭޝަން ގުޅިގެން ވޮލީގެ ދާއިރާއިން ޖޫނިއާ ރެފްރީން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
މިމަހުގެ 17 އިން 27 ގެ ނިޔަލަށް ކުރިއަށްގެންދާ އެ ކޯހުގައި 25 ރެފްރީއަކު އަންނަނީ ބައިވެރި ވަމުންނެވެ.
ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސައިން މުހައްމަދު މިއަދު ވިދާޅުވީ، ދިހަދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ އެތަމްރީން ޕްރޮގްރާމްގައި ވޮލީބޯޅައިގެ ތާރީހް، ވޮލީގެ ޤަވާއިދު އަދި ވޮލީރެފްރީއަކަށް ވުމަށްބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދެވޭނެ ކަމަށާއި އެޕްރޮގްރާމް ފުރިހަމަކުރާ ރެފްރީންނަށް ޤައުމީ މުބާރާތްތަކުގެ ރެފްރީކަން ކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށެވެ.
"ކޯހުގައި 26 ދަރިވަރުން ބައިވެރިވޭ. ކޯހުގެ ބައިވެރިންނަށް ކިޔަވައިދެއްވާނީ ވޮލީބޯލް އެސޯސިއޭޝަންގައި ރެޖިސްޓްރީވެފައިވާ އިންޓަރނޭޝަނަލް ރެފްރީން" ހުސެއިން ވިދާޅުވިއެވެ.