ދިހަ ވަނަ ގައުމީ ހާފްމެރަތަން ޗެމްޕިއަންޝިޕް މޯލްޑިވިއަންއިން ސްޕޮންސަރު ކޮށްފިއެވެ.

މި މުބާރާތް މޯލްޑިވިއަންއިން ސްޕޮންސަރު ކުރުމުން، މުބާރާތް ކުރިޔަށް ދާނީ "މޯލްޑިވިއަން ހާފް މެރަތަން ޗެމްޕިއަންޝިޕް"ގެ ގޮތުގައެވެ. މިއީ މޯލްޑިވިއަން އިން މިމުބާރާތް ޖެހިޖެހިގެން ސްޕޮންސަރު ކުރާ 5 ވަނަ އަހަރެވެ.

މިދިޔަ އަހަރު ބޭއްވުނު މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވަނީ ޝިފާޒް މުހައްމަދު އާއި ހަލީމަތު އަލީ އެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފައިވަނީ އަންނަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހެވެ.