17 Mar 2010, 11:16
14:30
ސާކްގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ރާއްޖޭން އަންހެން ބޭފުޅެއް އައްޔަންކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ނިންމެވުމެއް ކަމަށާއި ރައީސް ނަޝީދު މިކަން ހާމަކުރެއްވީ އެ މަނިކުފާނު މިހާރު ޔޫރަޕަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފިންލެންޑްގެ ވެރިރަށް ހެލްސިންކީގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ތިން އަހަރުގެ ދުވަހުގެ މުއްދަތަކަށް ސާކްގެ ސެކްރެޓްރީ ޖެނެރަލްކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ރާއްޖެއަށް ފުރުސަތު ލިބޭނެ ކަމަށާއި މި މަޤާމަށް، ކަމަށް ޤާބިލް، އަންހެން ބޭފުޅަކު އައްޔަންކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ ކުރިން ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައިވާ ހަމައެކަނި ދިވެއްސަކީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި އިބްރާޙީމް ހުސެއިން ޒަކީ އެވެ.
ސާކް ސެކްރެޓަރީ ޖެނެރަލްކަން މިހާތަނަށް އަންހެން ބޭފުޅަކު ކުރައްވާފައެއްނުވެ އެވެ.