21 Apr 2013, 20:34
ދިވެހި އަސްކަރިއްޔާގެ އެއްގަމު ބާރުތަކާއި ކަނޑުގެ ބާރުތައް އާންމުނަށް މިއަދު ދައްކައިލައިފި އެވެ.
ދިވެހި އަސްކަރިއްޔާގެ 121 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ލޮނުޒިޔާރަތްކޮޅުގައި، އަސްކަރިއްޔާގެ ބާރުތައް ދައްކާލުމުގެ އިތުރުން އަސްކަރިއްޔާ އިން ގެންގުޅޭ އެކި އުޅަނދުފަހަރު ދައްކައިލައިފައިވެ އެވެ.
"ކޮމާންޑް އިން ޗީފްގެ ފޯސް އެންޑް ފްލީޓް" ދައްކައިލުމަށް ޓަކައި ދިވެހި މަސްބޯޓެއް ބޭރުގެ ބަޔަކު ހިފުމަށް ފަހު އޭގައި ތިބި ދިވެހީން ރަހީނު ކުރުމުން ދިވެހި އަސްކަރިއްޔާ އިން އެމީހުން ސަލާމަތްކުރާ މަންޒަރު ވަނީ ދައްކައިލައިފަ އެވެ.
ދިވެހި އަސްކަރިއްޔާގެ ހުނަރާއި ގާބިލްކަން ދައްކާލުމަށް ޓަކައި ކޯސްޑްގާޑްގެ އުޅަނދުފަހަރާއި ހެލިކޮޕްޓަރު ބޭނުންކޮށްފައިވެ އެވެ.
މިއަދު އެ ހަރަކާތްތައް ބައްލަވަލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ އިސްވެރިޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން އިތުރުން ދައުލަތުގެ އިސްވެރިންނާއި ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ގިނަ އަދަދެއްގެ އާންމުން ވަނީ އެ އެ ހަރަކާތްތައް ހިނގަމުން ދިޔަ ގޮތް ބަލާން އެ ސަރަހައްދަށް ޖަމާ ވެފަ އެވެ.