ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރާއެކު ކައިރި މުސްތަގުބަލެއްގައި ފިލްމެއްގައި މަސައްކަތްކުރުމަށް ނުވިސްނާ ކަމަށާއި އެހެން ނަމަވެސް އެހެން ތަރިންނާއެކު ކަރީނާ ފިލްކުޅޭތަން ބަލަން ވަރަށްބޮޑަށް ޝައުގުވެރިވާ ކަމަށް ކަރީނާގެ ފިރިމީހާ އަދި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ބަތޮލް ސައިފް އަލީ ޚާން ބުނެފި އެވެ.

ސައިފު ބުނީ އިނދެގެން އުޅޭ ދެމަފިރިން ކެމެރާގެ ކުރިމަތީގައި ހަރަކާތްތެރިވުމަށްވުރެ، އެހެން ތަރިންނާއެކު ހަރަކާތްތެރި ވުމުން ބަލާމީހުން ވެސް މާބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ހުދު އޭނާ ވެސް ބޮޑަށް ޝައުގުވެރިވަނީ އަނބިމީހާއާއެކު ފިލްމު ކުޅުމަށްވުރެ ބޮޑަށް އެހެން އަންހެން ކުދިންނާއެކު ފިލްމުތަކުގައި ހަރަކާތްތެރި ވުމަށް ކަމަށެވެ. ސައިފާއި ކަރީނާ، ދެ ބައިވެރިން އެކުގައި ކުޅެފައިވާ ބައެއް ފިލްމުތައް ކަމަށްވާ "ގުރުބާން" އަދި "އޭޖެންޓް ވިނޯދު" ފަދަ ފިލްމުތަކަށް ބޮކްސް އޮފީހުގައި މާކަ ބޮޑު ކާމިޔާބެއް ހޯދިފައެވެ ނުވެއެވެ.

ސައިފު އިތުރަށް ބުނީ "ދެމަފިރިންނަކީ އެކްޓަރުންނަށް ވުމުން ދެ މީހުންގެ ޕްރޮފެޝަނަލް ލައިފްގައި ކުރާ މަސައްކަތްތަކަށް ބުރޫ އަރައިގެން ނުވާނެ" ކަމަށެވެ. އަދި ޒަވާޖީ ހަޔާތެއް ހޭދަކުރަމުންދާ ދެމަފިރިއަކަށް އެއީ އުނދަގޫ ކަމަކަށް ވީނަމަވެސް "ތިމާ އަދާކުރާ ވަޒީފާ އާއި، އަމިއްލަ ޒާތީ ދިރިއުޅުން ޖެހޭނީ މުޅިން ވަކިން ކުރިއަށް ގެންދަން ޖެހޭނީ މުޅިން ވަކިން" ކަމަށެވެ. އަދި ދެމީހުން އެއް ވަގުތެއްގައި ޝޫޓިންތަކުގައި އުޅޭއިރު އެކަކު އަނެކަކާ ދޭތެރޭ ވިސްނަން ނުޖެހޭނެ ކަމަށާއި ދެމީހުން ވެސް އެނޫން ވަގުތު ތަކުގައި އެކަކު އަނެކަކަށް ވަގުތު ދޭނޭ ކަމަށެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކަރީނާއާއި ސައިފުގެ ދެމަފިރިން އެކަކު އަނެކަކަށް ވަގުތު ދިނުމުގެ ގޮތުން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ވަރަށް އަވަހަށް ރާއްޖެ އަންނާނެއެވެ.