21 Apr 2013, 10:55
ސްޕެނިސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ހަނިގޮތަކަށް ބާސެލޯނާ ލެވެންޓޭއަތުން އެކެއް ސުމަކުން މޮޅުވެއްޖެއެވެ.
ގިނަބަޔަކު އުއްމީދު ކުރިގޮތާ ހިލާފަށް ރޭގެ މެޗުގައި ލެވެންޓޭއިން ވަނީ ބާސާގެ ހަމަލާތައް ދިފާއުކުރުމުގައި ކުރިހޯދާފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނިޓުގައި ޑޭވިޑް ވިޔާ ޖެހި ޕެނަލްޓީއެއް ލެވެންޓޭގެ ކީޕަރު ކޭލާ ނަވާޒް ވަނީ މަތަކޮށްފައިވެއެވެ. ބާސާއަށް ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އަނިޔާގެ ސަބަބުން ނުކުޅެހުރި ލިއޮނަލް މެސީގެ ޣައިރު ހާޒިރުގައި އެކުލަބަށް ލެވެންޓޭގެ ގޯލް ހުޅުވައި ލެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށެއްކަ މިނިޓަށް ވެފައިވަނި ކޮށް ސެސް ފަބްރިގާސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ލިވަޓްރާންސް ޕްލާންޓް އަށްފަހު 14 މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު ރޭގެ މެޗުގައި ބާސާގެ ފްރާންސް ޑިފެންޑަރު އެރިކް އަބިދާލް ވަނީ ފުރަތަމަ ފަހަރަށް 90 މިނެޓް ކުޅެފައެވެ.
ބާކީ ހަމެޗް ކުޅެން އޮތްއިރު ލީގު ތާވަލުގެ އެއްވަނައިގާ 13 ޕޮއިންޓުގެ ލީޑަކާއެކު އޮތް ބާސާއަށް މިހާރު މިވަނީ "ގާތްގަނޑަކަށް" ލީގު ކަށަވަރު ވެފައެވެ.