20 Apr 2013, 15:01
މިދިޔަ ހުކުރު ދުވަހަކީ ޖިރޯމޮން ކިމޫރާގެ އުފަން ދުވަހެވެ. އަށާރަ ސަތޭކަ ނުވަދިހަ ހަތެއްގެ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު އުފަންވީ ކިމޫރާ އޭނާގެ 116 ވަނަ އުފަން ދުވަސް ފާހަގަކުރަމުންދާއިރު އޭނާއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މީހާ އެވެ.
މީގެ އިތުރުން ކިމޫރާއަކީ ތަފާތު ތިން ގަރުނެއް ފެނިފައިވާ މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމައެކަނީ ފިރިހެން މީހާ އެވެ.
ގިނެސް ވޯލްޑް ރެކޯޑުން ވަނީ ކިމޫރާއަށް ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ އަދި އެންމެ ދުވަސްވީ ފިރިހެން މީހާގެ ރެކޯޑު ދީފަ އެވެ.
ކިމޫރާގެ އުފަން ދުވަހު ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ އޭނާ އަށް ތަހުނިޔާ ކިޔާފަ އެވެ.
ކިމޫރާ ދިރިއުޅެމުން ދަނީ ޖަޕާނުގެ ކިޔޯޓެންގޯ ސިޓީގައި އޭނާގެ ކާފަދަރިއެއްގެ ހުވަފަތް އަންހެނުންގެ އެހީތެރިކަމާ އެކުގަ އެވެ. ކިމޫރާގެ 14 ކާފަ ދަރިއަކުން ހުންނަ އިރު، އެތައް ބައިވަރު މުނި ކާފަ ދަރިންނެއް ތިބޭ ކަމަށް މައުލޫމާތު ލިބެ އެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން މީހާގެ ރެކޯޑު ވެސް އޮންނަނީ ޖަޕާނުގެ މީހެއްގެ އަތުގަ އެވެ. އެއީ އުމުރުން 115 އަހަރުގެ މިސާއޯ އޮކާވާ އެވެ.