ސިޔާސީ ޕާޓީތަކަށް އަމާޒުކޮށްގެން އިނގިލީގެ ނިޝާންޖެހުމާ ބެހޭ ތަމްރީން ޕްރޮގުރާމެއް އިލެކްޝަންސް ކޮމިޝަނުން ހިންގައިފި އެވެ.

އިނގިލީގެ ނިޝާން ޖެހުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ހެނދުނުން ފެށިގެން މެދުންދުރު 12:00 ހަމައަށް ޕްރޮގުރާމެއް ހިންގާފައި ވަނީ ފުލުހުންނާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެ އެވެ. އެގޮތުން އިނގިލީގެ ނިޝާން ޖެހުމާ ބެހޭ މައުލޫމާތު ދެއްވާފައި ވަނީ ފުލުހުންގެ ކަމާއި ބެހޭ ބޭފުޅުން ކަމަށް އެކޮމިޝަނުން ބުނެ އެވެ.

މިއަދު ހިންގި ތަމްރީން ޕޮރްގްރާމްގައި 27 މީހަކު ބައިވެރިވެފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ބުނެފައި ވަނީ ސިޔާސީ ޕާޓީއަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމުގައި އިނގިލީގެ ނިޝާން އޮންނަން ވާނެ ކަމަށެވެ.