19 Apr 2013, 13:30
އދ.ގެ ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މުއާހަދާއެއް ތަސްދީގުކުރުމަށް ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އެޑްވޮކޭޓިންގް ދަ ރައިޓުސް އޮފް ޗިލްޑުރަން(އާކް) އިން ސަރުކާރަށް ގޮވާލައިފި އެވެ.
އާކް އިން ބުނީ ކުޑަކުދިންނަށް ރައްތެރިކަމާއި ހިމާޔަތް ފޯރުކޮށްދިނުމުމަށް އެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ފަރާތްތައް ޒިންމާދާރު ކުރުމުގެ އދ.ގެ މުއާހަދާއެއް ކަމަށްވާ "އޮޕްޗަނަލް ޕްރޮތޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އޮން އަ ކޮމިއުނިކޭޝަންސް ޕްރޮސީޖާ"ގެ މުއާހަދާ ތަސްދީގު ކުރުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.
އާކް އިން ބުނީ އެމުއާހަދާއަކީ އދ.ގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މުއާހަދާކަމުގައިވާ "ކޮންމެވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް"ގައި ބަޔާންކޮށްފައިވާ ހައްގުތައް ފޯރުކޮށްދިނުމުގައި ދައުލަތުން އިހުމާލްވާ ހާލަތްތަކުގައި އެކަމާ އަމިއްލެ ފަރާތްތަކުން ޝަކުވާ އުފުލޭނެ ނިޒާމެއް ގާއިމްކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ މުއާހަދާއެއް ކަމަށެވެ. އަދި އެ މުއާހަދާގައި ރާއްޖެ އިން ސޮއިކޮށްފައިވާ އިރު "އޮޕްޗަނަލް ޕްރޮތޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓުސް އޮފް ދަ ޗައިލްޑް އޮން އަ ކޮމިއުނިކޭޝަންސް ޕްރޮސީޖާ"ގައި ވެސް އަވަސް ފުރުސަތެއްގައި ސޮއިކުރުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.
ކުޑަކުދިންގެ ހައްގުތަކާ ގުޅޭ މުއާހަދާއެއް ތަސްދީގުކުރުމަށް އާކް އިން ސަރުކާރުގައި އެދިފަިއވާ އިރު އެ ޖަމިއްޔާ އިން ކުޑަކުދިންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގަ އެވެ.