18 Apr 2013, 21:56
ރައްޔިތުންގެ މަޖިލީހުގެ ގއ. ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.
އިލްހާމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ މިހާރު އާޓިފިޝަލް ބީޗްގައި ކުރިއަށްދާ ޖުމްހޫރީ ޕާޓީގެ ޚާއްސަ ޖަލްސާގަ އެވެ.
ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު އިލްހާމް ދެއްކެވި ވާހަކަފުޅުގައި ގާސިމް އިބްރާހީމަކީ ނަތީޖާ ނެރެދެއްވައިފައިވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ރާއްޖެ އަށް ތަރައްގީ ގެނައުމަށް ޓަކައި ގާސިމަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓުދޭ އިރު ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށާއި ވޯޓުދޭ ގޮތަކުން ޖީއެމްއާރު އަނބުރާ އިޔާދަވެ ދިވެހީންގެ ހަރުމުދާތައް ވިއްކާލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އިލްހާމްގެ އިތުރުން ގެމަނަފުށީ ކައުންސިލްގެ ނާއިބް ރައީސް އަޖުވަދު މުހައްމަދު އާއި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެއްކަމަށްވާ އަބްދުﷲ ކަމާލުއްދީން ވެސް ވަނީ އެޕާޓީއާ ގުޅިވަޑައިގެންފަ އެވެ.
އިލްހާމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައި ވަނީ ޕީޕީއެމްގެ ނާއިބް ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގަ އެވެ.