18 Apr 2013, 15:26
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓު މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ކެޔޮދޫ މެޖިސްޓްރޭޓް ކޯޓު އުއްތަމަ ފަނޑިޔަރު ހުޅުވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު 10:20 ހާއިރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ކެޔޮދޫ މެޖިސްޓްރޭޓް ކޯޓު އިމާރާތްކޮށްފައި ވަނީ މިހުރީ އިންވެސްޓްމަންޓް ޕްރައިވެޓްލިމިޓެޑާ ހަވާލުކޮށްގެން ނެވެ. އެ ކޯޓު އިމާރާތްކުރުމަށް މިހުރީ އިންވެސްޓްމަންޓާ ހަވާލުކޮށްފައި ވަނީ 844،746.23ރ. އަށެވެ.
އެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި މިހާރު އެންމެ އިސްކަމެއް ދީގެން ކުރާ މައްސަކަތަކީ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތައް ހައްލުކޮށްދިނުން ކަމަށެވެ.
އޭގެއިތުރުން އިންސާނީ ވަސީލަތްތަކާ މަދަނީ ވަސީލަތްތައް ރަނގަޅު ކުރުމަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާތަނަށް ކެޔޮދޫ މެޖިސްޓްރޭޓް ކޯޓު ހިންގަމުން ގެންދިޔައީ އެރަށު ކައުންސިލް އިދާރާގެ އިމާރާތެއްގަ އެވެ.