18 Apr 2013, 13:36
ފިހާރައަކުން ނެސްކެފޭ ޕެކެޓްތަކެއް ވަގަށްނެގި މީހަކު އެއް އަހަރަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ މއ. ޕިންކްޑްރީމް ހުސައިން ފަޒީލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހުގެ ރޭ 9:30 ހާއިރު "މ. އިހްސާން" ފިހާރައިން 190ރ. ގެ އަގުހުރި ފަސް ނެސްކެފޭ ޕެކެޓް ވަގަށް ނަގައިފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިއީ ވައްކަމުގެ ކުށެއް ފަޒީލްގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.