20 Oct 2010, 17:19
"އުނބަށްޖެހި ވަޒީރުން"ގެ ނަމުގައި މިރޭ ޑީއާރްޕީން ކުރިޔަށް ގެންދިޔަ ސިލްސިލާ މުޒާހަރާ މިހާރު ވަނީ މުޅިން ރޫޅާލައިފައެވެ. ފުލުހުން ގެންދަނީ އެކި ސަރަހައްދުތަކުގައި ތިބި މީހުން ގެއަށް ފޮނުވަމުންނެވެ. ނަމަވެސް އަލިވާގޭ ކައިރީގައި އަދިވެސް ގިނަ އަދަދެއްގެ ޑީއާރްޕީ މީހުން އެބަތިއްބެވެ. އެސަރަހައްދުގައި އެއްވެސް ހަމަނުޖެހުމެއް ނެތެވެ. ފުލުހުންގ ބެލުމުގެ ދަށަށް ގެންދިޔަ ރއްޔިތުންގެ މަޖިލީހުގެ ތިން މެންބަރުންނާއި އާންމުން އަދިވެސް ތިބީ ފުލުހުންގެ މަރުކަޒުގައި ކަމަށް ފުލހުން ދެންމެ ވަނީ ބުނެފަ އެވެ.
23:41- ފުލުހުން ބުނީ މަހުލޫފާއި ނިހާނާއި އާރިފު ތިބީ ހައްޔަރުކޮށްފައި ނޫން ކަމަށާއި އެމީހުން ފުލުހުންގެ މައި އިދާރާއަށް ގެންގޮސްފައި ތިބީ މުޒާހަރާ ސަރަހައްދުގައި ގާއުކަން ފެށުމުން އެމީހުންގެ ސަލާމަތަށްޓަކައި ކަމަށެވެ. ނަމަވެސް ޑީއާރްޕީގެ އޮފިޝަލުން ބުނަނީ ތިން މެންބަރުންވެސް ތިބީ ބިޑިއަޅުވައި ހައްޔަރުކޮށްފައި ކަމަށެވެ. މެންބަރުންނާއެކު އާންމުންގެ ވަރަށް ގިނަ ބަޔަކުވެސް މިވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. އެމީސް މީހުންގެ ތަފުސީލެއް އަދި ނުލިބެ އެވެ.
23:37- އެމްޑީޕީ ހަރުގެ ކައިރީގައި ހުރި ސަންއޮންލައިންގެ ނޫސްވެރިޔާ ބުނީ އެތަނުން މީގެ ބައިގަޑިއެއްހާއިރު ކުރިން މުޒާހަރާގެ ތެރެއަށް ދިޔަ މަދު މީސްކޮޅު ފިޔަވައި އެންމެންވެސް ހަރުގެ ތެރޭގައި އެބަތިބި ކަމަށާއި އަލިވާގެކައިރިއަށް ދާން އެއްވެސް މީހަކު މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް ބައެއް މީހުން އެސަރަހައްދާން އުޅޭ ކަމުގެ ހަބަރުތައް ހަރުގެ ކައިރީގައި ވެސް ފެތުރެމުން އެބަދެ އެވެ.
23:34- މުޒާހަރާގެ ބައިވެރިން އެކި ސަރަހައްދުތަކަށް ބައިވެގެން ދިއުމަށްފަހު މިހާރު ތިބި މީހުން ޖަމާވަމުންދަނީ ޑީއާރްޕީގެ ޒައީމް ހުންނަވާ މ. އަލިވާގެ ކައިރިއަށެވެ. އެގޭ ކައިރިއަށް އެއްވަމުންދަނީ އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އަލިވާގެ ކައިރިއަށް އެއްވާން އަންނަ ކަމުގެ މައުލޫމާތު ލިބެމުންދާތީ އެވެ.
23:26- ފުލުހުންގެ އޮފިޝަލަކު ދެންމެ ވިދާޅުވީ ނިހާނާއި މަހުލޫފާއި އާރިފު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި އެބޭފުޅުން ފުލުހުންގެ ސަފުތައް ރޫޅާލައި އެތެރެއަށް ވަނުމުން ހިފަހެއްޓުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މުޒާހަރާގެ ތެރޭގައި ތިބި ނޫސްވެރިން ބުނަމުންދަނީ އެ ތިން ބޭފުޅުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު މިރޭ ކުރިމަތިލުންތަކެއް ހިނގަންޖެހުނު މައިގަނޑު ސަބަބަކީ ބައެއް އާންމުންގެ ލޮލާ ދިމާކޮށް އަސޭމިރުސް ދުން ޖެހުން ކަމަށްވެސް އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނެފައިވެއެވެ.
23:17- މުޒާހަރާގެ ބައިވެރިން މިހާރު އޯކިޑް މަގަށް ނުކުމެއްޖެ. ފުލުހުން ގެންދަނީ އެ ސަރަހައްދުން ކުރިޔަށް އެރިޔަ ނުދީ ފަހަތަށް ޖައްސަމުން
23:12- އަމީނިއްޔާ ކައިރީގައި ތިބި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް އަނެއްކާވެސް ޑީއާރްޕީގެ އިސް ބައެއް ބޭފުޅުން ވަދެ ޝޭޑީކެބިން ކައިރިން އަނެއްކާވެސް މަސައްކަތް ކުރަމުންދަނީ އެހެން ދިމާއަކުން މުލިއާގެ ކައިރިއަށް ދިއުމަށް. އަލީ އާރިފާއި މަހުލޫފާއި ނިހާން ހައްޔަރުކޮށްފައި ވަނީ ބިޑި އަޅުވައިގެން
23:11- މުޒާހަރާ ކުރުން ހުއްޓާލިކަން އަދިވެސް ޑީއާރްޕީން އިއުލާނެއް ނުކުރޭ. މިވަގުތު އެންމެ ގިނަ ބައިވެރިން ތިބީ އަމީނިއްޔާ ކުރިމަތީގައި. އެ ސަރަހައްދުގައި އެއްވެސް މަޖިލިސް މެންބަރަކު ނެތް. މުޒާހަރާގެ އެކި ބައިތައް އެކި ސަރަހައްދުތަކުގައި އެބައުޅޭ
23:06- މެންބަރު އަލީ އާރިފާއި މެންބަރު މަހުލޫފާއި މެންބަރު ނިހާން ފުލުހުން ހައްޔަރުކޮށްފި. ހަމަނުޖެހުން ހިނގިވަގުތު ވަރަށް ބޮޑަށް ޒަހަމުވެ ފައިން ލޭ ފައިބަމުން ދިޔަ މީހާ އާންމުންގެ ބަޔަކު ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
23:05- މިހާރު އެމްޑީޕީގެ ހަރުގޭގައި ހިނގަމުންދާ އެޕާޓީގެ އެއްވުމުގައި ތިބި ނޫސްވެރިން ބޭރުކޮށްފި. އެތަނުގައި ހުރި ސަންއޮންލައިންގެ ނޫސްވެރިޔާ ބުނީ ނޫސްވެރިން ބޭރު ކުރީ ދާދި ދެންމެއަކު ކަމަށާއި މީގެ ކުޑައިރުކޮޅެއް ކުރިން އެތަނުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން ޑީއާރްޕީގެ މުޒާހަރާގެ ތެރެއަށް ދާން މަސައްކަތްކޮށްފައިވާ ބައެއް މީހުން ގޮސްފައިވާ ކަމަށެވެ.
"ނޫސްވެރިން ބޭރު ކުރި ސަބަބެއް ކަމަށް ބުނީ އަމިއްލަ ޑިސްކަސަންތަކެއް ބާއްވަން ބޭނުންވެގެން ކަމަށް،"
22:56- މިހާރު ދަރުމަވަން ކައިރިން ކަރުނަ ގޭސް ޖެހުމުން މުޒާހަރާގެ ބައިވެރިން އެކި ދިމަދިމާއަށް ވަނީ ބައިބައިވެގެންގޮސްފައި. ޗާންދަނީ މަގުން މިހާރު މަޖީދީ މަގާ ދިމާއަށް ފަހަތަށް ޖައްސަމުން އެބަދޭ. މުޒާހަރާ ހިނގާ ސަރަހައްދަށް ވަނުމަށް ފުލުހުން މިރޭ ނޫސްވެރިންނަށް ވެސް އެއްވެސް ފުރުސަތެއް ނުދޭ
22:52- ވަރަށް ބޮޑަށް ޒަހަމްވެފައިވާ މީހެއްގެ ފައިން ލޭ ފައިބަމުން އެބަދޭ. އެމީހާ ނަގައިގަނެގެން ގެންދަނީ. މީހުންތައް އެކި ދިމަދިމާއަށް ދުވަމުން އެބަދޭ. އަދި އެއްވެސް މީހަކު ހައްޔަރު ކުރި މަންޒަރެއް ނުފެނޭ
22:36- މުޒާހަރާގެ ބައިވެރިން ތިބީ ދަރުމަވަންތަ މިސްކިތް ކައިރީގަ އާއި ސަލްޓަންޕާކު ކައިރީގައި އެހިސާބަށް ދިޔައީ ފުލުހުންގެ ޝީލްޑް ސަފުތައް ރޫޅާލައިފައި. މިހާރު ދަނީ ކަރުނަގޭހާއި ޕޭޕާ ސްޕެރޭ ޖަހަމުން. ކެނޑި ނޭޅި ފުލުހުންނާ ދިމާއަށް ގާއުކަމުންދަނީ
22:36- އަލިކިގެފާނު މަގު ފުލުހުންގެ ސަފުތައް ރޫޅައި ނުލެވިގެން މުޒާހަރާގެ ބައިވެރިން މިހާރު ދަތުރު ކުރަމުންދަނީ ނީލޯފަރު މަގުން ގޮސް ސީއެޗްއެސްސީ ފުރަގުން ސަލްޓަން ޕާކު ކައިރިއަށް ނުކުތުމަށެވެ. ސަންގެ ނޫސްވެރިން ބުނަނީ މުޒާހަރާގެ ހުރިހާބައިވެރިންވެސް ބޭނުން ވަނީ މުލިއާގޭ ކުރިމައްޗަށް ދިއުމަށް ކަމަށެވެ.
ޑީއާރްޕީން މިރޭ މުޒާހަރާ ކުރަން މަގުތަކަށް ނުކުމެފައި ވަނީ މިރޭ މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. މީގެ އިތުރުނ އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި ދުވަސްވަރަކީ ކިޔަވާ ކުދިން އޯ އެވެލް އިމްތިހާނުތަކާއި ފަހު އިންތިހާނުތައް ހަދަމުން އަންނަ ދުވަސްވަރު ކަމަށާއި މާލޭ މަގުތަކުގައި ބައެއް ސިޔާސީ ޕާޓީތަކުގެ ފަރާތުން މި ދުވަސްވަރު ހިންގާ ހަރަކާތްތަކާއި ހެދި ކިޔަވާ ކުދިންނަށް ފިލާވަޅު ދަސްކުރުމަށް ދަތިވަމުންދާ ކަމަށެވެ.
22:33- އަލިކިލެގެފާނު މަގުން ފުލުހުންގެ ސަފުތައް ރޫޅާލާފައި ކުރިޔަށްދާން މަސައްކަތް ކުރަމުންދަނީ. ބައެއް މީހުންނަށް އަނިޔާތައް ލިބެމުން އެބަދޭ
22:25- ޑީއާރްޕީގެ ލީޑާޝިޕުން ބުނަނީ މިރޭވެސް މައިގަނޑު މަގުސަދަކީ ސަރުކާރާ ދެކޮޅު ޝުއޫރުތައް މުލިއާގޭ ކައިރިން ރައީސް މުހައްމަދު ނަޝީދަށް ފޯރުކޮށްދިނުން ކަމަށް. ސިލްސިލާ މުޒާހަރާގައި ރޭގައި ޒަހަމަތައް ލިބުނު މީހެއްގެ ލޭ އުނގުޅިފައިވާ ޓީޝާތް އދ. އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނަށް ހުށަހަޅަން ޑީއާރްޕީން ނިންމާފައިވާ ކަމަށާއި އަނިޔާލިބުނު އަންހެނެއްގެ މައްސަލަ ބަލައި ދިނުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް އަށް ހުށަހަޅާފައިވާ ކަމަށް މުޒާހަރާގެ ތެރެއިން އިއުލާނުކޮށްފި އެވެ.
22:22- މުޒާހަރާގެ ބައިވެރިން ޝުއޫރު ފާޅު ކުރަމުންދަނީ ގަލޮޅު ބޯޅަދަނޑާ ހަމައިގައި މުޒާހަރާގެ ބައިވެރިންގެ މިޝްރާބު ހުރީ މިރޭވެސް މުލިއާގެއާ ދިމާއަށް. މުލިއާގެ ސަރަހައްދު ވަނީ ސަލާމަތީ ބާރުތަކުން ބަންދުކޮށްފައި
22:19- "އުނބަށްޖެހި ވަޒީރުން"ގެ ނަމުގައި ޑީއާރްޕީން މިރޭ ޑީއާރްޕީން ފެށި ޝުއޫރު ފާޅު ކުރުންތައް މުޒާހަރާއަކަށް ބަދަލުވެ މަޖީދީ މަގަށް ނުކުމެއްޖެ