ލ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ލ. ދަނބިދުއަށާއި ކުނަހަންދު އަށް ވަޑައިގެންނަވާނެ އެވެ. މިދަތުރުފުޅުގައި އެ ދެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވާނެ އެވެ.